ދަރިފުޅާ!.. މިވަގުތު ނާންނާނެތަ؟

ދަރިފުޅާއެވެ! މިއަދު ގަދައަޅާ ތިޔަ މަސައްކަތްކުރަނީ ފައިސާ ހޯދާށެވެ. އަނބިދަރިންނަށް ކާންދީ އުފަލުގައި ގެންގުޅުމަށްޓަކައެވެ. ދަރިންނަށް ރަނގަޅު ތަޢުލީމެއްދީ އުފާވެރި މުސްތަޤުބަލެއް ހޯދައި ދިނުމަށްޓަކައެވެ. ތިޔައީ އެންމެ ހެޔޮ މަސައްކަތެވެ. އެންމެ މުހިންމު އެއް ވަޒީފާއެވެ. އެކަމަށްޓަކައި ބައްޕަ ފަޚުރުވެރިވެއެވެ. ދަރިފުޅަށް އެނގޭހެއްޔެވެ. މި ބައްޕަވެސް ތިޔަ ދަރިފުޅަށްޓަކައި ހަމަ ތިޔަފަދައިން މަސައްކަތްކުރީމެވެ. އެތައް ބުރައެއް އުފުލީމެވެ. އުމުރުގެ ބޮޑުބައި ޤުރުބާންކުރީމެވެ. ދަރިފުޅުގެ ޙަޔާތް އުފާވެރިކުރުމަށްޓަކައެވެ. ބޭނުންވީ ކޮންމެ އެއްޗެއް ހޯދަދިނުމަށް ބައްޕަގެ ޙާލަތު ނިޔާކުރި މިންވަރަކުން މަސައްކަތްކުރީމެވެ. އޭރުގެ ޙާލަތުން ރަނގަޅު ތަޢުލީމެއްދީ، ...

ތަފްޞީލް »

ބޮޑު އިނާމުގެ ނަޞީބުވެރިޔަކީ ކާކު؟

އެކުވެރިޔާއެވެ. ތިބާގެ ނަޞީބު ވަންޒަންކޮށްލަންވީނޫންތޯއެވެ. ރަނގަޅު އިނާމުތައް ލިބޭނެއެވެ. ތިބާ ބޭނުންވާފަދަ ފުރިހަމަ އިނާމުތައް ލިބޭނެއެވެ. އެކަމަށްޓަކައި އެސްއެމްއެސް ކުރާކަން ނުޖެހޭނެއެވެ. ނަޞީބު ކޫޕަނެއް ފުރާކަށް ނުޖެހޭނެއެވެ. ނަންބަރެއް ނަގާކަށްވެސް ނުޖެހޭނެއެވެ. މިއީ ފުރުޞަތުގެ ފުރުސަތެވެ. ގެއްލިއްޖެނަމަ ދިއައީއެވެ. ދެން އަނބުރާ ލިބޭނެކަމެއް ނޭނގެއެވެ. މި އަގުބޮޑު ހަދިޔާ ހޯދުމަށް އޮތީ ތިބާގެ ހިތްވަރެވެ. ބޭނުންވަނީ ވަރުގަދަ އަޒުމަކާއި މަސައްކަތެވެ. މާބޮޑު މަސައްކަތެއްނޫނެވެ. މި ބަރަކާތްތެރި މަހުގެ ހުރިހާ ރޯދައެއް ފަރުވާތެރިކަމާއެކު ފުރިހަމަކުރަންވީއެވެ. ޤުރުއާން ކިޔެވުން އިތުރުކޮށްލަންވީއެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ ޤަވާއިދުން ނަމާދު ...

ތަފްޞީލް »

މިތުރާއެވެ! ތިބާގެ މުށްހުޅުވާލާށެވެ.

އެކުވެރި މިތުރާއެވެ. މިއަދު ތިބާ ގުނަމުންތިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ބަރަކާތާއި ޘަވާބުން ފުރިގެންވާ ރަމަޟާންމަހުން މިފަހަރުވެސް ތިބާއަށް ފުރުޞަތު ލިބުނީއެވެ. އެކަމަށްޓަކައި ތިބާ ﷲއަށް ޙަމްދުކުރާށެވެ. އެ ބޮޑު ނިޢުމަތް ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރުކުރާށެވެ. އެކުވެރި މިތުރާއެވެ. މިއީ ނިޢުމަތުގެ މަހެވެ. ހަނދާންކޮށްދިނުމުގެ މަހެވެ. އެތައް ގިނަ ޙިކުމަތްތަކެއް އެކުލެވިގެންވާ ޘަވާބުގެ މަހެކެވެ. ތިބާވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރޯދަ ހިފުމަކީ ފިލާވަޅުތަކެއް ދަސްކޮށްދޭ ޝަރުޢީ އަޅުކަމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ޙާލު ހިތަށް ތަޞައްވަރުކޮށްދޭ އަޅުކަމެކެވެ. ނިކަމެތި ފަޤީރުންގެ ޙާލާއި ...

ތަފްޞީލް »

ދަތުރު..!

އެއީ އަހަރެންގެ ރަޙްމަތްތެރިއެކެވެ. އޭނާގެ ޙަޔާތުގެ ދަތުރުގެވާހަކަޔަކީ ތިބާއަށްވެސް މުހިންމު ވާހަކައެކެވެ. ހިތްހަމަޖެހުމާއެކު ވިސްނުމުގެ ނަޒަރަކުން ވިސްނާލަމުން ކިޔާލަން ރަނގަޅުވާހަކަޔެވެ. އެއީ ތިބާގެ ދިރިއުޅުމަށްވެސް އިބުރަތްތަކެއް ޙާސިލްކުރެވޭ ފަދަ ދަތުރެއްގެ ވާހަކައަކަށް ވެދާނެކަމަށްޓަކައެވެ. އެކުވެރިންނޭ! އޭނާގެ ޙަޔާތުގެ ދަތުރުފެށީ ފަޅުކަމާއި އެކަނިވެރިކަމުގެ ތަންމައްޗަކުންނެވެ. ދުނިޔޭގެ އަލިކަމާއި ހަލަބޮލިކަމުގެ ޖައްވުން ޖާގަހޯދަމުންނެވެ. ދުނިޔޭގެ ތަނަވަސް މައިދާނަށް ރުއިމުގެ އަޑުއިއްވާލަމުންނެވެ. އެ އަޑާއެކު ފެނުނު އާ މަންޒަރުތަކާއި ދަސްވި ފިލާވަޅުތަކާއެކު ދަތުރަށްނުކުތެވެ. ތަފާތު މަންޒިލުތަކުން އާ ކަންކަން ތަޖުރިބާކޮށް އާ ފިލާވަޅުތައް ދަސްކުރަމުންނެވެ. އޭނާގެ ދަތުރުގެ މިސްރާބާއެއްގޮތަށް ...

ތަފްޞީލް »

ތިބާގެ ދަރިފުޅަށްވެސް މި ނަޞޭހަތްދޭށެވެ.

ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކާނައެވެ. ދިރިއުޅުން ބިނާކުރަންވީ މަންހައްޖެވެ. ދިރިއުޅުމުގެ ހުރިހާ ގޮންޖެހުމަކާއި، ތުރާތަކެއް ހައްލުކުރާނެ ފަރުވާ އޭނގައި އެކުލެވިގެންވާ ފުރިހަމަ ފޮތެވެ. ތިބާ ނިކަން ކިޔާލަބަލާށެވެ. ވިސްނުމާއެކު ތަދައްބުރު ކޮށްލަބަލާށެވެ. މިއަދު ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަކަށް ފުރިހަމަ ހައްލު އޭރުން ލިބޭނެވެ. މިއަދު ތިބާ ކަންބޮޑުވެ ހާސްވާ އެތައްކަމެއްގައި ޢަމަލުކުރާނެ އުސޫލާ ހަމަތައް ދަސްވެގެންދާނެއެވެ. މިއަދުގެ ކަންބޮޑުވުމަކީ ދަރިފުޅުތޯއެވެ. ދަރިފުޅުގެ ބަސްނޭހުމާއި، އުޅުން ތޯއެވެ. އެކަމުގައި ތިބާ ދަރިފުޅަށް ނަޞޭހަތްދޭނެ އުސްލޫބު އެވަނީ ޤުރުއާންގައި ބަޔާންކޮށްދީފައެވެ. ބުނެދޭން ޖެހޭނެ ވާހަކަތަކައި ...

ތަފްޞީލް »

“ނުލެވޭ ފިދާތައް ގުނާ، ނުލެވޭ ވަޒަންކޮށް މިނާ!”

އެއީ ތިބާ ދިރިހުރުމުގެ އަސްލެވެ. ތިބާއަށް ހޭހަންކޮށް ބަލެހެއްޓި މޭސްތިރިޔެވެ. އެތައްރެއެއްގެ ނިދި ތިމާއަށްޓަކައި މަޙްރޫމްކޮށް، ޤުރުބާންކުރި އޯގާތެރި ފަރާތެވެ. ލޯތްބާއެކު ތިބާގެ ކޮންމެ ކުކުރުމަކާއެކު އަރާމު ނިދި ދޫކޮށް ހޭލާހުރި ފަރާތެވެ. އޯގާތެރިކަމުގެ އިތުރު މިސާލެއް މި ދުނިޔޭން ދެއްކެންނެތް ތިބާގެ ބެލެހެއްޓުންތެރިއާއެވެ. އެފަދަ ދެވަނައެއް ތިބާ މުޅިދުނިޔޭގައި އަތްފުނާއެޅިނަމަވެސް ލިބުމެންނުވާ ތިބާގެ ލޮބުވެތި މަންމައެވެ. މިތުރާއެވެ. ތިބާ ހަނދާންކޮށް ބަލާށެވެ. އެ ޚިދުމަތަކީ ގުނާ އަދަދުކުރެވޭނެ ޚިދުމަތެއް ނޫނެވެ. އެ ފިދާވުމަކީ ކިރާވަޒަންކުރެވޭނެ ފިދާވުމެއް ނޫނެވެ. ނިކަން ބުނެބަލާށެވެ. ތިބާ ހެލިފެލި ...

ތަފްޞީލް »

ވެލިރާޅުފަށުގައި ބިނާކުރާ ދޮންވެލީގެ ގަނޑުވަރު

ރާއްޖޭގެ ރީތިކަމާއެކު ގޮނޑުދޮށަށް ބީހިލާ ރާޅުބާނިތައް ދެކިލުމަކީ އެތައް ބައެއްގެ އުފަލެކެވެ. އެކަމަށްޓަކައި އެތައް ފައިސާއެއް ޚަދަރުކޮށް މީހުން ދަތުރުކުރާ ކަމެކެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމާ، އުފާވެރިކަމެއް ގެނެސްދޭތީއެވެ. އެއިން ކޮންމެ ރާޅެއް ގޮނޑުދޮށަށް ބީއްސާލާ ބީހުމުން ނެރެދޭ ރީތި މިއުޒިކުގެ ހިތްގައިމުކަމުންނެވެ. ޤުދުރަތުގެ އެ އަޖަބުކުރުވަނިވި އަޑުތައް އަހާލުމަށް ހިތްތައް އެދޭތީއެވެ. އެއީ ޖާދޫއެއްފަދަ އެއްޗެކެވެ. އުފަލާ ހިތްހަމަޖެހުން ލިއްބައިދޭ ހަދިޔާއެއް ފަދަ އެއްޗެކެވެ. ޤުދުރަތުގެ މަތިވެރި އެތައް ވާހަކަތަކެއް ކިޔާދޭ ބީހުމެކެވެ. ވިސްނުމުގެ އަހުލުވެރިންނަށް މިކަމުންވެސް ދެނީ އިބުރަތުގެ މެސެޖެކެވެ. ވެލިރާޅުފަށުގައި ...

ތަފްޞީލް »

މިތުރާއެވެ. ތިބާގެ ވިސްނުން ފަހިކޮށްލާށެވެ.

އެކުވެރި މިތުރާއެވެ. ތިބާ ދުނިޔޭގެ ދަތުރުން މާޔޫސްކުރުވީ ކޮންކަމެއް ހެއްޔެވެ. ވަށައިގެންވާ ދުނިޔޭގެ ތަނަވަސް މާހައުލަށް ނަޒަރު ހިންގާލަބަލާށެވެ. ފެންނަނީ ކޮންއެއްޗެއް ހެޔެވެ. މިނިވަންކަމާއެކު ހެލިފެމިވަމުންދާ ގަސްތަކެވެ. ތަނަވަސްކަމާއެކު ފެތުރިފައިވާ ނޫއުޑާއި ފެހިބިމާއި މާސިންގާކަނޑެވެ. ތިބާ ގޮތް ހުސްވެ ހަފުސްވާންވީ ކީއްވެތޯއެވެ. ތިބާ ދުނިޔޭގެ ދަތުރު ދޫކޮށް އަމިއްލައަށް މަރުވާންވީ ކޮންކަމަކާ ހެދިހެއްޔެވެ. ދުނިޔޭގެ ދަތުރުން ތިބާއަށް ނުތަވަސްކަމާއި މާޔޫސްކަން ވެރިކުރުވުމަކީ ގޮތް ހުސްވާންޖެހޭ ސަބަބެއް ނޫނެވެ. ނިކަން ދެކިބަލާށެވެ. ދުނިޔޭގައި އެއްއިރު ކާނެފަދައެއް ނެތް ކިތަންމީހުން އެބައުޅޭ ހެއްޔެވެ. ވަންނާނެ ބޯހިޔާވަހިކަމެއްނެތް ކިތައްމީހުން ...

ތަފްޞީލް »

އޯގާތެރިވުމުގެ ގޮތުން މީހަކު މަރުވުމަށް އެހީ ވެވިދާނެތަ؟

އޯގާތެރިވުމުގެ ގޮތުން މީހަކު މަރާލުން، ނުވަތަ މަރުވުމަށް އެހީވުން، (ޔޫތަނޭޒިއާ) ނުވަތަ ޤަތުލުއްރަޙުމާއަކީ އިސްލާމީ މަތިވެރި އުޞޫލާއި ހަމަތަކާއި ފުށުއަރާ ވަޟައީ ކަމެކެވެ. މާތްﷲ ޚަލުޤު ކުރައްވާފައިވާ އެއްވެސް އިންސާނަކު ޙައްޤަކާ ލައިގެން މެނުވީ މެރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަފުސާއި ފުރާނައަކީ އޭނާގެ މިލްކެއްނޫނެވެ. އެއީ އެކަލާނގެ ހުރުމަތްތެރި ކުރައްވާފައިވާ މަތިވެރި އެއްޗެކެވެ. ހުރިހާ ތަކެއްޗެއް ނެތުމުގެ ތެރެއިން ޚަލުޤުކުރެއްވި ޚާލިޤުވަންތަ އިލާޙުގެ މިލްކެކެވެ. އެހެންކަމުން ފުރާނައާއި ނަފުސަކީ އެމީހަކު އެދޭހާކަމެއް ކުރުމަށް އޮތް އެއްޗެއް ނޫނެވެ. އިސްލާމްދީން ...

ތަފްޞީލް »

އެދުވަސް އައީތަ؟

ޒަމާން ބަދަލުވެއްޖެއެވެ. އުޅުމާއި ގުޅުން މުޅިން ބަދަލުވެ ނިމިއްޖެއެވެ. ކުރީގެ ދިރިއުޅުމާއި ކުރީގެ ގޮތްތައް ‘ކަޓް’ ވެއްޖެއެވެ. އެފަދަ އާދަތަކާއި އުސޫލުތައް ހުތުރުވެ ދޫކޮށްލައިފީމެވެ. ޒަމާނާ ނުގުޅޭކަމަށްބުނެ އެއްފަރާތް ކޮށްފީމެވެ. މިއަދުގެ ތަހުޒީބީ މުޖުތަމަޢަށް ފެތޭގޮތަށް ކަންކަން ބަދަލުކޮށް، އެގޮތްތައް ބަލައިގެންފީމެވެ. އެއީ މިއަދު އަހަރެމެން އެދޭގޮތެވެ. ބޭނުންވާ ގޮތެވެ. އަހަރެމެންނަށް ރީތިގޮތްތަކެވެ. އެހެންނަމަވެސް މި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދޫކޮށްލާ އެއްފަރާތްކޮށްލެވުނު ކަންކަމަކީ، ހަމަ ހަޤީޤަތުގައިވެސް ދޫކޮށްލަންޖެހޭ ކަންކަން ބާބައެވެ؟ އެ ހުރިހާކަމަކީ ‘ކަޓް’ ގޮތްތަކާއި އުސޫލުތައް ބާވައެވެ؟ މިއީ މިއަދު އުފައްދަންޖެހޭ ...

ތަފްޞީލް »