އޯގާތެރިވުމުގެ ގޮތުން މީހަކު މަރުވުމަށް އެހީ ވެވިދާނެތަ؟

އޯގާތެރިވުމުގެ ގޮތުން މީހަކު މަރާލުން، ނުވަތަ މަރުވުމަށް އެހީވުން، (ޔޫތަނޭޒިއާ) ނުވަތަ ޤަތުލުއްރަޙުމާއަކީ އިސްލާމީ މަތިވެރި އުޞޫލާއި ހަމަތަކާއި ފުށުއަރާ ވަޟައީ ކަމެކެވެ. މާތްﷲ ޚަލުޤު ކުރައްވާފައިވާ އެއްވެސް އިންސާނަކު ޙައްޤަކާ ލައިގެން މެނުވީ މެރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަފުސާއި ފުރާނައަކީ އޭނާގެ މިލްކެއްނޫނެވެ. އެއީ އެކަލާނގެ ހުރުމަތްތެރި ކުރައްވާފައިވާ މަތިވެރި އެއްޗެކެވެ. ހުރިހާ ތަކެއްޗެއް ނެތުމުގެ ތެރެއިން ޚަލުޤުކުރެއްވި ޚާލިޤުވަންތަ އިލާޙުގެ މިލްކެކެވެ. އެހެންކަމުން ފުރާނައާއި ނަފުސަކީ އެމީހަކު އެދޭހާކަމެއް ކުރުމަށް އޮތް އެއްޗެއް ނޫނެވެ. އިސްލާމްދީން ...

ތަފްޞީލް »

އެދުވަސް އައީތަ؟

ޒަމާން ބަދަލުވެއްޖެއެވެ. އުޅުމާއި ގުޅުން މުޅިން ބަދަލުވެ ނިމިއްޖެއެވެ. ކުރީގެ ދިރިއުޅުމާއި ކުރީގެ ގޮތްތައް ‘ކަޓް’ ވެއްޖެއެވެ. އެފަދަ އާދަތަކާއި އުސޫލުތައް ހުތުރުވެ ދޫކޮށްލައިފީމެވެ. ޒަމާނާ ނުގުޅޭކަމަށްބުނެ އެއްފަރާތް ކޮށްފީމެވެ. މިއަދުގެ ތަހުޒީބީ މުޖުތަމަޢަށް ފެތޭގޮތަށް ކަންކަން ބަދަލުކޮށް، އެގޮތްތައް ބަލައިގެންފީމެވެ. އެއީ މިއަދު އަހަރެމެން އެދޭގޮތެވެ. ބޭނުންވާ ގޮތެވެ. އަހަރެމެންނަށް ރީތިގޮތްތަކެވެ. އެހެންނަމަވެސް މި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދޫކޮށްލާ އެއްފަރާތްކޮށްލެވުނު ކަންކަމަކީ، ހަމަ ހަޤީޤަތުގައިވެސް ދޫކޮށްލަންޖެހޭ ކަންކަން ބާބައެވެ؟ އެ ހުރިހާކަމަކީ ‘ކަޓް’ ގޮތްތަކާއި އުސޫލުތައް ބާވައެވެ؟ މިއީ މިއަދު އުފައްދަންޖެހޭ ...

ތަފްޞީލް »

އާރބިޓްރޭޝަން ނުވަތަ އައްތަޙްކީމަކީ އިސްލާމްދީން ގެނެސްދީފައިވާ ޞުލްޙައިގެ ނިޒާމެއް

އާރބިޓްރޭޝަން ނުވަތަ އައްތަޙްކީމަކީ އިސްލާމްދީން ގެނެސްދީފައިވާ ޞުލްޙައިގެ މަތިވެރި ނިޒާމެކެވެ. ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ އެއަށްވުރެ ގިނަބައެއްގެ މެދުގައި އުފެދޭ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީނަކީ ޞުލްޙައަށް ލޯބިކުރާ ދީނެކެވެ. ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ވާހަކަދައްކައިގެން ޙައްލުކުރުމަށް ބާރު އަޅާ ދީނެކެވެ. މާތްﷲ ކީރިތި ޤުރުއާންގައި ވަޙީކުރައްވާފައިވެއެވެ. وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا ۗ إِنَّ اللَّـهَ كَانَ عَلِيمًا خَبِيرًا ...

ތަފްޞީލް »

ބަލިވަނީ ކީއްވެ؟

ޙަޔާތުގެ ދަތުރަކީ އުދަނގޫތަކާއި ތުރާތައް ތަޙައްމަލުކުރަންޖެހޭ ދަތުރެކެވެ. ހިތްހަމަ ޖެހުމާއި އުފަވެރިކަން ތަޖުރިބާކުރެވިދާ ދަތުރެކެވެ. ތަފާތު ބަލިމަޑުކަމާއި ނަފުސާނީ އުނދަގޫތަކާއި ދަތިތަކެވެ. ނަފުސުގެ ހިތްހަމަޖެހުމާއި ފުރިހަމަ ޞިއްޙަތުގެ ނިޢުމަތެވެ. ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަމެވެ. އުފާވެރިކަމާއި ހިތާމައިގެ ދުވަސްތަކެވެ. ބަލިވުމާއި ދުޅަހެޔޮކަމުގެ ތަޖުރިބާތަކެވެ. މިއީ ހައްތަހާވެސް ދިރިއުޅުމުގެ ދަތުރުން ދަސްވެދާނެ ފިލާވަޅުތަކެކެވެ. ޢިބުރަތް ލިބިގަނެވިދާނެ ކަންކަމެކެވެ. މާތްﷲ އިންސާނާ ޚަލުޤުކުރައްވައި ފުރިހަމަ ކުރައްވާފައި ވަނީވެސް މިގޮތުގައެވެ. ދިރިއުޅުމުގެ ދަތުރުގައި ތަފާތު ކަންކަމާއި ތަޖުރިބާތައް ތަޙައްމަލުކުރަންޖެހޭނެ ގޮތުގައެވެ. سورة البلد ގެ 4 ވަނަ އާޔަތުގައި މާތްﷲ ...

ތަފްޞީލް »

ލޯތްބާއި ނަފުރަތުގެ ދެފަރާތް!

މީހަކު އޭނާގެ ހިތްރުހޭ މީހެއްގެ ފުށުން ފެންނަ ސިފަތައް ލިޔަން ދީފިނަމަ އުނި އެއްވެސް ސިފައެއް ލިޔާނެތޯއެވެ. ނުވަތަ ގޯސް އެއްވެސް ސިފައެއް ލިޔާނެހެއްޔެވެ. އާންމު އުސޫލަކީ ނުލިޔުމެވެ. އޭނާއަށް އަބަދުވެސް ފެންނާނީ ހިތްރުހޭ މީހާގެ ރަނގަޅު ސިފަތަކާއި ރަނގަޅު ގޮތްތަކެވެ. އޭނާގެ އަޚުލާޤުގެ މަތިވެރިކަމެވެ. ކުރާކަންކަމުގެ ރަނގަޅުކަމެވެ. ދިރުއުޅުމުގެ ސާދާކަމެވެ. މިއީ ދުނިޔޭގެ އާދައެވެ. ޠަބީއަތެވެ. ދުނިޔެ ހިނގަމުންދާ އުސޫލެވެ. ތިބާ އަޅެބުނެބަލާށެވެ. ލޯތްބާއި ނަފުރަތަކީ މިފަދަ އެއްޗެއް ނޫންތޯއެވެ. ތިބާ ހިތްރުހޭ މީހެއްގެ ފުށުން ގޯސް ކަމެއް ފެނުމަކީ ނާދިރުކަމެވެ. އޭނާކުރާކޮންމެ ...

ތަފްޞީލް »

ހުޅުތަކުގެ ނިޢުމަތް

ތިބާގެ ނަފުސާމެދު ފިކުރުކޮށްލަބަލާށެވެ. ވިސްނުމުގެ ނަޒަރަކުންނެވެ. ތިބާއަށް ލިބިފައިނުވަނީ ކޮން ނިޢުމަތެއް ތޯއެވެ. ފެނެއެވެ. އިޙްޞާސްކުރެވެއެވެ. ރަހަ އެނގެއެވެ. އަތުން އެއްޗެތީގައި ހިފެއެވެ. ފައިން ހިނގެއެވެ. ދާންބޭނުން ތަނަކަށް ދަތިކަމެއްނެތި ދެވެއެވެ. ތިބާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް މަދުތޯއެވެ. ތިބާގެ ހެދިހުރި ހަށިގަނޑާމެދު މައުނަވީގޮތެއްގައި ވިސްނާލަބަލާށެވެ. އޭރުން ތިބާއަށް އިޙްސާސްވާނެއެވެ. ވިސްނޭނެއެވެ. އެއިން އެންމެ ކަމެއްވެސް ތިބާއާ ވަކިވެއްޖެނަމަ ތިބާ ތަހަންމަލްކުރަންޖެހޭނެ ދަތި އުނދަގޫ، ތަޞައްވުރު ކުރެވޭނެއެވެ. އުޅެންޖެހޭނެ ހާލަތު، ވަޒަންކުރެވޭނެއެވެ. އެއީ ލިބިފައިވާ ނިޢުމަތެއްކަން ތިބާއަށް ވިސްނޭނެއެވެ. މިއީ ދޮގެއްތޯއެވެ. މިތުރާއެވެ. މާތްﷲ ...

ތަފްޞީލް »

ޤައުމު ތިބާއަށްވުރެ މާބޮޑޭ!

ތާރީޚަކީ މާޒީ ކިޔާދޭ އެކުވެރިއެކެވެ. ފަސްދީދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެކެވެ. އެއިން ތިބާއަށް ތަފާތު މަންޒަރުތަކާ ކުލަތައް ފެންނާނެއެވެ. ތިބާ ހިތްއެދޭ މަންޒަރުތަކާ ހިތްނޭދޭ މަންޒަތަކެވެ. ތިބާ ފަޚުރުވެރިވާންޖެހޭފަދަ ޚިދުމަތްތެރިންނާއި ޤައްދާރުންނެވެ. ޤައުމަށްޓަކައި ޤައުމީ ލޯބި އިސްކުޅަ ހީރޯއިނާއި އަޅުވެތިކަމުގެ ހިތިރަހަ ފަރުދުންގެ އަރުގައި ލެއްވި ޒީރޯއިންނެވެ. ޤައުމީ މަސްލަހަތު ފަސްކޮށް، ތިމާގެ މަސްލަހަތު އިސްކުރި “ލީޑަރުން” ނެވެ. އަމިލައެދުމުން ފޯވެފައިވާ ޚިޔާނަތްތެރިންނާއި ޤައުމަށްޓަކައި ފުރާނަ ދުއްވާލި ޝަޙީދުންނެވެ. އެއީ ތާރީޚުގެ ފަތްފުއްތަކުން ދައްކާ ޙަޤީޤަތްތަކެވެ. ފެންނަ މަންޒަރުތަކެވެ. ކޮންމެ ޤައުމެއްގެ ތާރީޚަށް ބެއްޔަސް ...

ތަފްޞީލް »

އެކުދިންގެ ކުށަކީ ކޮބާ!

މި މައުސޫމު ތިންކުދިންނާ މެދު ވިސްނާލަބަލާށެވެ. އެކުދިންގެ ޙަޔާތާ މެދު ފިކުރުކޮށްލަބަލާށެވެ. އެއީ ކިހާ މައުސޫމު ތިންކުދިން ހެއްޔެވެ. އެކުދިންގެ ހުވަފެންތަކެއް އޮންނާނެއެވެ. އުންމީދުތަކެއް ކުރާނެއެވެ. އިހްސާސްތަކެއް ހުންނާނެއެވެ. އެކުދިންގެ ކުށަކީ ކޮބައިތޯއެވެ. އެކުދިންގެ ފުށުން ލިބުނީ ކޮން އަނިޔާއެއްތޯއެވެ. ވީ ކޮންގެއްލުމެއް ތޯއެވެ. އެކުދިން ކިޔަވާކަށް ބޭނުމެއް ނޫވާނެހެއްޔެވެ. އުފަލާއެކު ތިބާގެ ދަރިންފަދައިން ކުޅެމަޖާކުރުމަކަށް ހިތެއް ނޭދޭނެ ހެއްޔެވެ. މިނިވަންކަމާއެކު ހިނިތުންވެ ތިބޭކަށް ބޭނުމެއް ނުވާނެތޯއެވެ. މިއީ މިއަދު ދުނިޔޭގައި ހާލުގައި ޖެހިފައިވާ މިފަދަ އެތައް ކުދިންނެއްގެ ޙާލަތެވެ. އެކުދިންގެ ދިރިއުޅުމެވެ. މާޔޫސްވެފައިވާ ...

ތަފްޞީލް »

ކަނޑުގެ ޠަބީއަތާއި ރާޅުއުފެދުން

މާސިންގާ ކަނޑާބެހޭގޮތުން ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، ކަނޑުގެ ޠަބީއަތާ އެއްގޮތަށް ރާޅު އުފެދެމުންދާ ގޮތާއި ރާޅާއެކު އުފެދެމުންދާ އޮއިވަރާއި ގުޅޭގޮތުން ވަނީ ދިރާސާތައް ކޮށްފައެވެ. މި ދިރާސާތަކުން އެނގުނުގޮތުގައި ކަނޑުގައި ރާޅު އުފެދެނީ ކަނޑުފެނުގެ “ޕާޓިކަލްސް” ތަކަށް ހަކަތަލިބުމުން އަންނަ ލޮޅުމެއްގެ ސަބަބުންނެވެ. މި ލޮޅުމުގެ ބާރުމިނަށް ބިނާވެ ކަނޑުގެ ލޮނުގަނޑު ކުރިއަށް ހަރަކާތްތެރިވަމުން ދާދިއުމާއެކު ރާޅު އުފެދެއެވެ. އެގޮތުން އުފެދޭ ރާޅުގެ ކުޑަބޮޑުމިން ބިނާވަނީވެސް މި ހަރަކާތުގެ ބާރުމިނުގެ މައްޗަށެވެ. ކަނޑުގައި އުފެދޭ މި ރާޅަކީ ހަމައެކަނި އަޅުގަނޑުމެންގެ ލޮލަށް ފެންނަ ފަދައިން ...

ތަފްޞީލް »

އެންމެންވެސް ތިބެނީ ކައިގެންނޭ! އެކަމަކު…..؟

މާތްﷲއީ ކިހާ އޯގާވަންތަ ކަލެއްތޯއެވެ. އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ގުނާ ޢަދަދު ނުކުރެވޭހާ ނިޢުމަތްތައް ތިބާ ދެކިބަލާށެވެ. އެއިން އެއްވެސް ނިޢުމަތެއް އެކަލާނގެ ދެއްވާފައިވަނީ ބަދަލެއް ހޯއްދެވުމަކަށް ނޫނެވެ. އަދި ލިބޭނެކަމަކަށްވެސް ނޫނެވެ. ތިބާގެ އަތުން މިސްޤާލެއްގެ މިންވަރުވެސް އެކަލާނގެ ބޭނުންވެ ވޮޑިއެއް ނުގަންނަވަތެވެ. ތިބާ ވިސްނާލަބަލާށެވެ. އެކަލާނގެ ގިނަގުނަވެގެންވާ ނިޢުމަތްތަކާއި ރިޒުޤު ދެއްވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ ފަރާތްތަކަށް އެކަންޏެއްނޫނެވެ. މާތްﷲ އަށް އުރެދި އެކަލާނގެ ދީން މުގުރާލުމަށް ރެއާދުވާލު މަސައްކަތްކުރާ ކާފިރު އަޅުތަކުންނަށްވެސް ގުނާޢަދަދު ނުކުރެވޭހާ ނިޢުމަތްތައް އެކަލާނގެވަނީ ދެއްވާފައެވެ. سورة ...

ތަފްޞީލް »